އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތެއްކުރުމަށް ކޮންޓްރެކްޓަރު ހުށަހަޅާ އަގުގައި ހިމެނޭ މައިގަނޑު ބައިތައް


އިމާރާތެއް ކުރުމަށްޓަކައި ކުރަހާ ކުރެހުންތައް ނިމުނީމާ މަސައްކަތްތައް އަންދާސީކޮށް ތައްޔާރުކުރާ ބިލްސް އޮފްކުއަންޓިޓީސް އާންމު ނަމުން ނަމަ ބީއޯކިއު ހަދައި ކޮންޓްރެކްޓަރަކު ލައްވައި ހުށަހަޅާ އަގުގައި ހިމެނޭ ބައިތަކަކީ:

  1. ޕްލިމިނަރީބައިތައް. އެއީ އިމާރާތްކުރަމުންދާއިރު އެކަން ބެލެއްހެއްޓުމާއި، ނަގަންޖެހޭ ހުއްދަތަކަށް ހިނގާނެ ޚަރަދާއި، އިންސުއަރެންސު ކުރާނަމަ އެކަމުގެ ޚަރަދާއި، އިމާރާތުގެ ބައެއް ކުރެހުން ތައްޔާރުކުރާނެ އަގާއި، ސަލާމަތީގޮތުން ޖަހާ ބިއްގަނޑު ތަކާއި، ދާޖެހުމާއި،  އިމާރާތް ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ ސާފުކުރުމުގެ މަސައްކަތްތަކުގެ އަގުގެ ޖުމްލައެވެ.
  2. ގްރައުންޑް ވޯކްސް ނުވަތަ ބިމުގެ މަސައްކަތްތައް. އެއީ ބިން ކޮނުމާއި، ވެލިގަނޑު ނެއްޓިގެން ނުދާގޮތަށް ބިއްގަނޑު ޖެހުމާއި، ފަސްލުން ފަދަ ކަންތައްތައް ތަކެވެ.
  3. ކޮންކްރީޓްވޯރކްސް ނުވަތަ ކޮންކްރީޓުގެ މަސައްކަތްތައް
  4. މޭސަންރީ އެންޑް ޕްލާސްޓަރިން ނުވަތަ ފާރުރޭނުމާއި، ސިމެންތިޖެހުމާއި، ތަޅުންއެޅުން
  5. ސްޓީލް އެންޑް ޓިމްބަރ ވޯކްސް ނުވަތަ ދަގަނޑާއި ލަކުޑީގެ މަސައްކަތްތައް
  6. ރޫފިން އެންޑް ސީލިންގ ނުވަތަ ފުރާޅުއެޅުމާއި، ސީލިންގެ މަސައްކަތްތައް
  7. ޑޯސް އެން ވިންޑޯސް ނުވަތަ ދޮރުތަކާއި ކޮޑަދޮރުގެ މަސައްކަތްތައް
  8. ފްލޯއެންޑް ވޯލް ފިނިޝަސް ނުވަތަ ތަޅުމުގަޔާއި ފާރުގައި ތަށިމުށި ޖެހުމާއި، ކުލަލުމާއި، ލަކުޑިތަޅުން އެޅުމާއި، ފާރުގައި ކަރުދާސް ތަތްކުރުން ފަދަ މަސައްކަތްތައް
  9. ޕްލަމްބިންގ، ޑްރެއިނެޖް އެންޑް ސްވަރެޖް ވޯކްސް ނުވަތަ ފެންހޮޅިއެޅުމާއި، ޕަމްޕު ބެހެއްޓުމާއި، ފާޚާނާ ހޮޅިއެޅުމާއި، ދިޔަދޮވިހޮޅި އެޅުމާއި، ފާޚާނާއާގުޅޭ ޖަންކްޝަންތައް ހެދުން ފަދަ މަސައްކަތްތައް
  10. އިލެކްޓްރިކަލް އެންޑް ލައިޓިން ނުވަތަ ކަރަންޓުނަރަުގެ ހޮޅިއެޅުމާއި، ނަރުއެޅުމާއި، ސްވިޗުތަކާއި، ސޮކެޓުތަކާއި، ޕެނަލް ހަރުކުރުމާއި، ދިއްލުންތައް ގުޅުމުގެ މަސައްކަތްތައް
  11. އެއަރ ކޮންޑިޝަން އެންޑް ވެންޓިލޭޝަން ސިސްޓަމް ނުވަތަ އެއަރކޯނުހަރުކުރުމާއި، އޭގެ ހޮޅިބައި އެޅުމާއި، ވައިދައުރުކުރުމަށް ޚާއްސަ އެގްޒޯސްޓް ބަހައްޓާނަމަ އެފަދަ ތަކެއްޗާއި ހޮޅިބައި އެޅުމުގެ މަސައްކަތްތައް
  12. ފަޔަރފައިޓިންގ އެންޑް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް ވޯކްސް ނުވަތަ އަލިފާނުން ހާދިސާއަކުން ރައްކާތެރި ވުމުގެ ގޮތުން، އަލިފާން ރޯވެއްޖެކަން އަންގައިދޭ އެލާމް ސިސްޓަމުގެ މަސއްކަތާއި، އިމާރާތުގެ ކުޑަބޮޑުމިނުން  އިމާތުގައި ރޯވާ އަލިފާން ނިއްވާލުމަށް ބޭނުންކުރާ އާލާތުގެ ވައްތަރުތައް، މިސާލަކަށް އަލިފާން ނިވިތައް، ހޯސްރީލް ސިސްޓަމް، ޑްރައިރައިޒަރ ސިސްޓަމް ފަދަ މަސައްކަތްތައް.
  13. ކޮމިއުނިކޭޝަން، ސެކިއުރިޓީ އެންޑް އެކްސެސް ކޮންޓްރޯލް ސިސްޓަމް ނުވަތަ އިމާރާތުގެ އެތެރެއިން ބޭރަށް ގުޅާފައި ހުންނަ ޓެލެފޯނާއި، އިންޓަރނެޓާއި، ކޭބަލްޓީވީއާއި، އެތެރޭގެ އެއްތަނުން އަނެއްތަނަށް އަޅާފައި ހުންނަ ނެޓްވޯކް ނަރުތަކާއި، އިމާރާތުގެ ބޭރު ދޮރު އަބަދު ތަޅުލެވިފައިވާ ގޮތަށް ހުންނައިރު، މަތީގައި ތިބޭބަޔަކު ތިރިއަށް ނުގޮސް އެދޮ ހުޅުވާލުމަށް ހަރުކުރާ ޑޯފޯން ސިސްޓަމުގެ މަސައްކަތާއި، ޚާއްސަ ކާޑެއްބޭނުން ކޮށްގެން ނޫންގޮތަށް ނުވަދެވޭގޮތަށް ރާވާ އެކްސެސް ކޮންޓްރޯލް ސިސްޓަމުގެ މަސައްކަތާއި، އެތެރޭގެ ސައުންޑް ސިސްޓަމް ފަދަ މަސައްކަތްތައް.
  14. ޓްރާންސްޕޮޓޭޝަން ސިސްޓަމް ނުވަތަ އިމާރާތުގައި ހަރުކުރާ އަރާފޭބުމުގައި ބޭނުންކުރާ ލިފްޓާއި، އެސްކަލޭޓަރާއި، ޓްރަވަލޭޓަރު ފަދަ އާލާތުގެ މަސައްކަތް ތައް
  15. ވޯޓަރޕްރޫފިންގ ނުވަގަ އިމާރާތަށް ފެންނުވަންނާނެގޮތަށް ފާރުގައި ލާ ވޯޓަރޕްރޫފިންނާއި، ފާޚާނާތަކުގައި ލާ ވޯޓަރޕްރޫފިންނާއި، އިމާރާތުގެ ސްޓްރަކްޗަރު ފެނުން ރައްކާތެރި ކުރުމުގެ ގޮތުން ކުރާ މަސައްކަތްތައް. ބައެއް ކޮންޓްރެކްޓް ތަކުގައި މިމަސައްކަތް ވަކި މަސައްކަތެއްގެ ގޮތުގައި ނުހިމަނައި އެހެން މަސައްކަތްތަކުގެ ތެރޭގައި ހިމާނާފައިވެސް ހުރެއެވެ.
  16. ފަރުނީޗަރ އެންޑް އިކުއިޕްމަންޓް ނުވަތަ އިމާރާތުގައި ބޭނުންކުރުމަށް ހޯދާ ފަރުނީޗަރާއި، އަދި ދޮންނަމެޝިން، އުނދުން، ޖަނަރޭޓަރު، ފަދަ އެއްޗެތީގެ މަސައްކަތްތައް
  17. އިންޓީރިއަރ ޑެކޮރޭޝަން ނުވަތަ އެތެރެ ރީތިކުރުމުގެ ގޮތުން ކުރާ ދޮރުފޮތި ފަދަ ކަބަޑުފަދަ މަސައްކަތްތައް.
  18. ލޭންޑްސްކޭޕިންގ ނުވަތަ އިމާރާތުގެ ވަށައިގެން އޮތް ބިމުގައި، ނުވަތަ އިމާތުގެ ތެރޭގައި ދޫކުރެވިފައިވާ ހުސްޖާގައިގާ އިންދާ ގަސްތަކާއި، ގަސްއިންދުމަށް ތައްޔާރުކުރާ އެއްޗެއްސާއި، ބިމުގައި އަތުރާގާފަދަ ބައިތަކުގެ މަސައްކަތްތައް.

މަތީގައި ލިއެފައިވަނީ އެންމެ ފުރިހަމަ ލިސްޓެނޫންކަމަށް ވިޔަސް، އެލިސްޓުގައި ހުރި ބައިތަކަށް އަގުކުރެވިއްޖެނަމަ، އިމާރާތުގެ މައިގަނޑު ހުރިހާ ބަޔަކަށް ހުންނާނީ ގާތްގަނޑަކަށް އަގު ކުރެވިފައެވެ.





05 މާޗް 2021

09 ޖުލައި 2021

20 ފެބުރުއަރީ 2021

17 މާޗް 2021

23 ފެބުރުއަރީ 2021

21 ފެބުރުއަރީ 2021

11 އޭޕްރީލް 2021

15 ފެބުރުއަރީ 2021