އިމާރާތްކުރުމަށް އިތުރު އެހީއެއް



އަންދާސީހިސާބުން ލިބޭނެ މައުލޫމާތު


ފުރިހަމަ  އަންދާސީ ހިސާބެއް ހަދައިގެން ކުރިއަށް ގެންދާ މަސައްކަތް ތައް ކުރުމުގައި އެފަދަ އަންދާސީ ހިސާބެއް ނުހަދާ ކުރުމާ ވަރަށް ބޮޑަށް ފަސޭހަވެއެވެ. އެފަދަ ބައެއް ކަންތައްތައް ފާހަގަ ކޮއްލާނަމެވެ.

  1. މަސައްކަތް ކުރުމަށް ހިނގާނެ ޚަރަދު އެގުމުން އެމަސައްކަތުގެ ވެރިފަރާތުން އެކަމަށް ކަނޑައަޅަންޖެހޭ ބަޖެޓު ނުވަތަ ފައިސާ ސާފުވެގެން ދެއެވެ.
  2. މަސައްކަތަށް ބޭނުންވާނެ ތަކެތި އަންދާސީކުރެވުމުން އެތަކެތި ބޭނުންވާވަރަށް ގަންނާނެގޮތް ފަސޭހަވުމާއި މަސައްކަތްމެދުނުކެޑި ކުރިއަށް ދާގޮތްވެއެވެ.
  3. މަސައްކަތް ހިންގުމުގަޔާއި މަސައްކަތް ކުރުމުގައި ބޭނުންވާނެ މަސައްކަތްތެރިންގެ އަދަދާއި ބޭނުންވާނެ ހުނަރު ދެނެގަތުމަށް އެހީތެރިވެދެއެވެ.
  4. މަސައްކަތްކުރުމަށް ބޭނުންވާނެ ސާމާނާއި އާލާތްތައް ދެނެގަނެވި، ބޭނުންވާނެ އާލާތުގެ އަދަދު އެނގި، އެއީ މަސައްކަތާހަވާލުވިފަރާތުން ނުގެންގުޅޭ އެއްޗެއްކަމުގައިވާނަމަ، އެފަދަ ސާމާނުގަތުމާއި، ނުވަތަ ކުއްޔަށް ހޯދުމުގެ ރޭވުންތައް ރޭވޭނެގޮތް ފަސޭހަވެގެންދެއެވެ.
  5. މަސައްކަތް ނިމޭނެ ދުވަހެއް، މަސައްކަތަށް ނަގާނެ މުއްދަތުހޯދުމަށް މަގުފަހިވެގެންދެއެވެ.
  6. މަސައްކަތުގެ ތަފްސީލު ތާވަލެއް ތައްޔާރުކޮށް މަސައްކަތުގެ ތެރޭގައި ހިމެނޭ ޚާއްސަ މަސައްކަތްތައް ދެނެގަނެވި، އެމަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ފަސޭހަވެގެންދެއެވެ.
  7. އެ މަސައްކަތަކީ ބޭންކުން ލޯނު ނަގައިގެން ކުރާ މަސައްކަތެއްކަމުގައިވާނަމަ، އެމަސައްކަތަށް ދާނެޚަރަދު އެނގި އެމަސައްކަތް ނިމުމުން ހާސިލުވާ އިމާރާތް ނުވަތަ ތަނުން ލިބޭނޭ އާމްދަނީ އާ ހިނގާނެކަމަށް އަންދާސީކުރާ ޚަރަދާ އަޅުވާބަލައި، ފައިދާވާނެ މިންވަރު ދެނެގަނެވެއެވެ.
  8. އިމާރާތްކުރުމަށް އަގުހޯދުމަށްބިޑު ނުވަތަ ޓެންޑަރ ކުރާނަމަ އެކަމަށް ފަސޭހަވެގެންދެއެވެ.
  9. ކޮށްފައި ނިމިފައި ހުރި އިމާރާތެއްގެ އަންދާސީ ހިސާބެއްހަދައިގެން އެ އިމާރާތުގެ އަގު ނުވަތަ އިމާރާތުގެ ވެލިއު އަކީ ކޮބާތޯ ބެލެއެވެ.




08 މެއި 2021

13 އޭޕްރީލް 2021

15 މެއި 2021

15 އޭޕްރީލް 2021

24 ފެބުރުއަރީ 2021

08 ޖެނުއަރީ 2021

15 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021