އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތްކުރުމުގެ މާހައުލުގެ ބައެއް ކަންތައްތައް 2


4 އިމާރާތްކުރުމަށް ބޭނުންވާ ކަރަންޓާއި، ފެނާއި، ނަރުދަމާ

އިމާރާތްކުރާއިރު ވަގުތީގޮތުން ކަރަންޓާއި، ފެނާ ބޭނުންވެއެވެ. ކަރަންޓުގެ އާލާތްތައް ބޭނުންކުރާއިރު އަދި ސިމެންތިގަށަން، ފަދަ ކަންކަން ކުރުމަށެވެ. އަދި އިމާރާތުގެ މަސައްކަތް ކުރަމުންދާ މީހުންނަށް ފާޚާނާ ކޮށްލެވޭގޮތަށް ތައްޔާރުކުރާ ފާޚާނާ ގުޅުމަށް ނަރުދަމާހޮޅިއަޅަންޖެއެވެ. މިދެންނެވި ފަދަ ކަންކަމަކީ ވެސް ކޮންޓްރެކްޓުގައި ނުވަތަ މަސައްކަތުގެ އަގުގައި ސީދާ ނުހިމެނި އޮންނަ އެއްޗަކަށް ވެއެވެ. އެހެންވީމާ މަސައްކަތުގެ މުއްދަތަށް ބަލައި، އެފަދަ ކަންކަމަށް ހިގާނެ ޚަރަދު މަސައްކަތުގެ އަގުގެ ޕްރެލިމިނަރީގެ ބިލުގެ ތެރޭގައި ހިމެނުން މުހިއްމެވެ.

5 މަސައްކަތް ކުރެވެމުންދާގޮތުގެ ފޮޓޯ ނެގުން

މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތްތައް ކުރިއަށް ދާވަރު ބެލުމަށާއި، އިމާރާތުގެ ވެރިފަރާތަށް އެންގުމަށްޓަކައި މަސައްކަތުގެ ފޮޓޯ ނަގަންޖެހެއެވެ. އެގޮތުން ނަގާ ފޮޓޯތައް ރައްކާތެރި ކަމާއެކު ބެހެއްޓުން މުހިއްމެވެ. އަދި ކޮންމެ ފޮޓޯއެއްގައި އެފޮޓޯނެގުނު ތާރީޚާއި، އެފޮޓޯ ނެގިތަނުގެ ނަން ލިއެފައި ބެހެއްޓުން މުހިއްމެވެ. ކޮންމެ މަހަކު ތައްޔާރުކުރާ މަސައްކަތް ކުރިއަށް ދާގޮތުގެ ރިޕޯޓުގައި ކޮންމެވެސް ވަރެއްގެ މިންވަރަކަށް ފޮޓޯ ހިމެނުމަކީ އެދެވިގެންވާކަމެކެވެ.

6 ކުރެހުމުގައިވާގޮތަށް އިމާރާތުގެ ބައިތައް ސައިޓުގައި އެތުރުން

ކުރެހުމުގެ ކުޑަބޮޑުމިނަށާއި، ކުރެހުމުގައި ހުންނަ ކަތިނުވަތަ ގުދު ފާރުތަކަށް ބަލައި، އިމާރާތުގެ ކުރެހުމުގައި ވާގޮތަށް ސައިޓުގައި ކަންވާރު ދަމައި ބިންގަލާ، ތަނބުތަކާ، ބެރިތަކާ ފާރުތައް  އެތުރުމަކީ ބައެއްފަހަރު ފަސޭހަ ކަމަށް ނުވެއެވެ. އަދި ކުރެހުމާ ގޯއްޗާ ކުޑަކޮށް ތަފާތުވާ ފަހަރުވެސް އާދެއެވެ. މިންތައް ދިމާނުވެއެވެ. އެހެންވީމާ އިމާރާތުގެ އެއްވެސް ބައެއް، ކުރެހުމުގައި މިންޖަހާފައި އޮތްކަމުގައި ވިޔަސް ކުރިއަށް ގެންދިއުމުގެ ކުރިން ކޮއްލެވިދާނެ ރަނގަޅުކަމެއް އޮވެއެވެ. އެއީ އެ އެއްޗެއް ހުންނާނެ ތަނުގައި ކަޑަ ނުވަތަ ޗޯކުން ފާހަގަކޮށް ، މަސައްކަތް ބެލެހެއްޓުމަށް އައްޔަން ކޮށްފައިހުންނަ ކޮންސަލްޓަންޓު ސައިޓަށް ގެނެސް އެތަން ދައްކާ، އޭނާގެ އެއްބަސްވުން ލިބިގެން މަސައްކަތް ކުރިއަށް ދިއުމެވެ. އެގޮތުން އިމާރާތުގެ ބައިތައް ހުންނަންވާތަން އިތުރަށް ކޮންސަލްޓަންޓު ޗެކްކުރަން ، ބަލަން ، ބޭނުންވެއްޖެނަމަ އެކަމުގައި ބޭނުންކުރާނެ އާލާތާއި ، މީހުން ފޯރުކޮށްދޭންވާނެއެވެ.

7 އިމާރާތްކުރަމުންދާއިރު ކުރާ މަސައްކަތުގައި ހުންނަ މައްސަލަތައް

އިމާރާތްކުރަމުންދާއިރު ކުރާ މަސައްކަތުގައި އެކި އެކި މައްސަލަތައް ދިމާވެއެވެ. އެ ފަދަ ކަންތައްތައް ދިމާވުމުން އެމަސައްކަތެއްގައި ދިމާވި މައްސަލައެއް ބެލުމަށް ފަހު ރަނގަޅުކުރަމުން އިތުރަށް މަސައްކަތްކުރަމުން ގެންދަނީއެވެ. މައްސަލަ ދިމާވުމުގައި ތަނެއް ހުންނަންވީ ފުޅާމިނުގައި ނުބެހެއްޓުމާއި، ބޭނުންކުރަން ޖެހޭ ދުރުމިން ނެތުމާއި، ކޮންކްރީޓު ފަދަ ތަކެތީގައި ރަނގަޅަށް ކޮންކްރީޓު ނޭޅިހުރުން ފަދަ ކަންކަމެވެ. ޓައިލް ޖަހަމުންދާއިރު ރަނގަޅަށް ކަޗޯރު ނުކޮށް ޖެހިއްޖެނަމަ އެކަން ރަނގަޅުކުރަންޖެހެއެވެ. އަދި އެފަދަ ކަންކަން ރަނގަޅުކުރުމަށް ވެރިފަރާތުން އިތުރުފައިސާވެސް ނުލިބެއެވެ. އެހެންވީމާ ވީހާވެސް މައްސަލަ ނުޖެހޭނެ ފަދަ ގޮތަކަށް ކުރެހުންތަކުގައި ވާގޮތަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެވެ.





23 މެއި 2021

20 ފެބުރުއަރީ 2021

11 ނޮވެމްބަރު 2022

13 ފެބުރުއަރީ 2021

13 ފެބުރުއަރީ 2021

17 މާޗް 2021

28 މެއި 2021

21 ފެބުރުއަރީ 2021