އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތްކުރުމުގެ މާހައުލުގެ ބައެއް ކަންތައްތައް 3


8 އިމާރާތަށް އަރުވަން ޖެހޭވަރަށްވުރެ އިތުރަށް ބަރު ނުވަތަ މުދާ ޖެއްސުން

އުސްކޮށް ހަދާ ކޮންމެ އިމާރާތެއްގެ ޝީޓުގައިވެސް މުދާ ޖެއްސޭނީ ނުވަތަ އެރުވޭނީ ވަކި މިންވަރަކަށެވެ. މިސާލަކަށް ، މީހުން ދިރިއުޅުމަށް ޚާއްސަކޮށް ހަދާ އިމާރާތެއް ނަމަ ، އެތަނުގައި ބަރު ހިފާ މިންވަރުކަމަށް ބަލަނީ ކޮންމެ އަކަމީޓަރަކަށް 150 ނުވަތަ 200 ކިލޯގްރާމެވެ. ފިހާރައެއް ނުވަތަ އޮފީހެއް ހަދާނަމަ ބަރުކުރެވޭ އަދަދު އިތުކޮށް ޝީޓު ވަރުގަދަ ކޮށް އަކަމީޓަރަކަށް 300 ކިލޯގްރާމް ޖެހޭވަރަށް އަދި ގިނަ ފޮތްތަކާ ފައިލު ހުންނަ ތަންތަން އަކަމީޓަރަކަށް 400 ކިލޯ ނުވަތަ 500 ކިލޯގްރާމް ހިފޭވަރަށް ވަރުގަދަ ކޮށްފައި ހުރެއެވެ. ރެސްޓޮރަންޓު ތަކާ މިސްކިތް ތައް ހަދާއިރު އެތަން ތަނުގެ ޝީޓުން މަދުވެގެން އަކަމީޓަރަކަށް 500 ކިލޯގުރާމު ހިފޭވަރަށް ހަދައެވެ. އަދި މަތީބުރިތަކުގައި މުދާ ރައްކާކުރާނަމަ، އެ ރައްކާކުރާ މުދަލުގެ ބަރުދަނަށް ބަލައި ، ޖައްސާ އުސްމިންތަކަށް ބަލައި، އެއަށް އަރާނެ ބަރުދަނަށް ފުދޭވަރަށް ޝީޓު ވަރުގަދަ ކުރެއެވެ. އެގޮތުން ބައެއް އިމާރާތް ތަކުގައި މުދާ ޖެއްސުމަށް އަކަމީޓަރަކަށް 1000 ކިލޯގްރާމް ނުވަތަ 1 ޓަނު ހިފެހެއްޓޭވަރަށްވެސް ޝީޓު އަޅައެވެ.

ކޮންމެއަކަސް އަޅާފައިވާ ޝީޓެއްގައި މުދާ ޖައްސާއިރު، އެ ޝީޓަކީ ކިހާވަރަކަށް ބަރުދަން ހިފޭގޮތަށް ހަދާފައި ހުރި ޝީޓެއްތޯ ބަލާފައި ނޫނީ މުދާ ނުޖެއްސުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އިމާރާތުގެ ޝީޓު ފަރުމާކޮށްފައި ވާ ވަރަށްވުރެ ބަރުދަން އިތުރުކޮށްފިނަމަ ގެއްލުމެއް ލިބިދާނެތީއެވެ.

އިމާރާތްކުރަމުންދާއިރު ބޭނުންވާ ތަކެތި، ގަލާއި، ވެއްޔާއި، ސިމެންތިއާއި،  ހިލަވެއްޔާއި، ތަށިމުއްޓާއި، ބިއްލޫރި ފަދަ ކޮންމެ އެއްޗަކީ ވަރަށް ފަސޭހައިން އެކަތި މަތީ އަކެކަތި ޖަހާލެވޭ އެެއްޗެއްސެވެ. އަދި އިސާހިތަކު އަކަމީޓަރަކަށް 500 ކިލޯއަށްވުރެ މަތީ ބަރުދަނެއްވެސް ޖެއްސިދާނެއެވެ. ސަމާލުވާންޖެހޭ ކަމެކެވެ.

9 އިމާރާތުގެ މަސައްކަތް ކުރަމުން ދާއިރު އުފެދޭ ކުނި

އިމާރާތުގެ މަސައްކަތްކުރަމުންދާއިރު ކުނި އުފެދޭނެއެވެ. އެންމެ ރަނގަޅުގޮތަކީ ކޮންމެ ދުވަހަކު މަަސައްކަތް ނިންމާލުމަށްފަހު އެ އުފެދޭ ކުނި އެއްތަނަކަށް ޖަމާކުރުމެވެ. ނުވަތަ އެކަހެރި ފަރާތަށް ޖައްސައި، އާންމު ގޮތެއްގައި ކުރާ މަސައްކަތްތައް ކުރުމަށާއި، އަދި ސައިޓުގެ ތެރޭގައި ހިނގާބިގާވާ މަސައްކަތުގެ މީހުން އޭގައި އަޅައިނުގަންނަ ގޮތަށް ހެދުމެވެ. މަސައްކަތުގައި ދިމާވާ ގިނަގުނަ އަނިޔާތަށް ލިބެނީ ސައިޓަށް އުކާލެވިފައި ހުންނަ ކުނިބުނީގެ ސަބަބުންނެވެ. އަދި ވީ އެންމެ އަވަހަކަށް އެ ޖަމާކުރި ކުނި ސައިޓުން ބޭރުކުރުން މުހިއްމެވެ.

10 އިމާރާތުގެ މަސައްކަތްތައް ކޮށް ނިމުމަށް ފަހު އިމާރާތް މަސައްކަތް ހަވާލުކުރުން

އިމާރާތުގައި ކުރެވުނު ކޮންމެ ކަމަކީ ވެސް ވަކިގޮތަކަށް ކުރަހައިގެން ކުރި މަސައްކަތަކަށް ވާތީ މަސައްކަތް ނިމުމުން އެނިމުނު މަސައްކަތް ހުރީ ރަނގަޅަށްކަމަށް ބަލައިޗެކްކުރުމަށް އިމާރާތުގެ ވެރިފަރާތަށާއި، އަދި އެ މަސައްކަތް ބަލަހައްޓަން އުޅުނު ކޮންސަލްޓަންޓަށް އަދި ފަރުމާކުރި އާކިޓެކްޓަށްވެސް ދައުވަތު ދީގެން ގެންސް ދެއްކުން އެދެވިގެންވެއެވެ. އަދި އިމާރާތް ވެރިފަރާތާ ހަވާލުކުރުމުގެ ކުރިން އެފަދަ އިންޕެކްޝަނަކުން ފާހަގަކުރި ކަންތައްތައް ރަނގަޅުކޮށްލުންވެސް މުހިއްމެވެ.





20 ފެބުރުއަރީ 2021

05 މެއި 2021

16 މެއި 2021

08 ޖެނުއަރީ 2021

08 މެއި 2021

15 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021

20 މެއި 2021