އިމާރާތްކުރުމަށް އިތުރު އެހީއެއް



ކަލާކުރި ދަގަނޑު


ކަލާކުރުމަކީ ދަގަނޑު އުފައްދައި ބޭނުންވާ ބައްޓަމަށް ދަގަނޑުގެ ސިފަ ބަދަލު ކުރުމަށްފަހު އެ ދަގަނޑު ދަބަރު ޖެހިއަ ނުދީ ރައްކާތެރިކުރުމުގެ ގޮތުން ކުރާ ކަމެކެވެ. އެގޮތުން ހޮޓް ޑިޕްޑް ނުވަތަ ހޫނުކޮށް ބަހައްޓައިގެން ޒިންކު ވިރުވާފައި ހުރި ޓޭންކަކަށް ގަންބައިގެން ކަލާކުރުމަކީ އެ ދަގަނޑު ދަބަރު ނުޖަހާ ގިނަދުވަހު ހުންނާނެ ކަމުގެ ޔަގީންކަން ހޯދޭގޮތެކެވެ. ޓޭންކުގެ ތެރެއަށް ގަންބާފައި ނަގާއިރު ދަގަނޑުގަނޑު ބޭރު ފަށަލައިގާ ހުންނީ ޒިންކުގެ ކޯޓެއް ނުވަތަ ދަވާދެއް ލެވިފައެވެ. ޓޭންކުން ނެގުމާއެކު ޖައްވުގައި ހުންނަ އޮކްސިޖަން ދަގަޑުގެ ބޭރުފަށަލައިގާ ހުރި ޒިންކާ ގުޅި ޒިންކު އޮކްސައިޑުގެ ފަށަލައެއް އުފެދެއެވެ. އެ ފަށަލައިގާ ހުންނަ ޒިންކު  އޮކްސައިޑު ޖައްވުގައި ހުންނަ ކާބަން ޑައި އޮކްސައިޑާ ގުޅުމުން ވަރަށް ހަރު ފަސޭހައިން ހަލާކޮށްނުލެވޭ ޒިންކު ކާބަނޭޓުގެ ފަށަލައެއް އުފެދެއެވެ. ދަގަނޑު ހިމާޔަތްކޮށްދެނީ މިފަށަލައެވެ. ހޫނުކޮށް ކަލާކޮށްފައި (ހޮޓް ޑިޕްޑް ގަލްވަނައިޒް) ކޮށްފައި ހުންނަ ދަގަނޑު ދަބަރު ނުޖަހައި ގިނަދުވަހު ހުންނަނީ މިފަށަލައިގެ ސަބަބުންނެވެ. 

ގަލްވަނައިޒް ކުރާ ގޮތުގެ މިންގަނޑު ތަކެއް ހުރެއެވެ. އެއީ އެކި އެކި ސަރަހައްދުގައި އެކި އެކި ކަންކަމަށް ދަގަނޑު އިހްތިޔާރު ކުރާއިރު ދަގަނޑުގެ ކަލާކުރެވިފައިވާ މިންގަޑު ކަނޑައެޅުމަށެވެ. އެފަދަ ބައެއް ސްޓޭންޑަރޑް ތަކަކީ ޔޫރަޕުގެ ސްޓޭންޑަރޑް EN1461  އާއި އިންޑިޔާގެ ސްޓޭންޑަރޑް  IS2629 އާއި އެމެރިކާގެ ASTM-A123  ނިއުޒިލޭންޑު އަދި އޮސްޓްރޭލިއާގެ ސްޓޭންޑަރޑް AS/NZS4680 ފަދަ މިންގަނޑު ތަކެވެ.

އޮސްޓްރޭލިއާގެ ސްޓޭންޑަރޑުގައި ދަގަނޑު ބޭނުންކުރާ މާހައުލަށް ބަލއި ކަލާކުރަން ޖެހޭ 6 ކެޓަގަރީއެއް ނުވަތަ 6 ފެންވަރެއް ބާޔާންކޮށްފައިވެއެވެ. އޭގެތެރޭގައި އެންމެ ދަށްފެންވަރަކީ ގޭގެ އެތެރޭގައި ހަރުކޮށްފައި ހުންނަ ދަގަނޑު ކަލާ ކުރާ މިންގަޑެވެ. އެއީ އެފަދަ ދަގަނޑު ދަބަރު ޖަހާނީ ބޮޑުވެގެން 1.3 މައިކްރޯ މީޓަރު ކަމަށް ބަލާކަމަށް ވަންޏާ 320 ގްރާމް ކޮންމެ އަކަމީޓަރަކަށް ޖެހޭވަރަށް ކަލާކޮށްފިނަމަ އެފަދަ ދަގަނޑެއް ހަލާކު ނުވެ 100 އަހަރަށްވުރެ ގިނަ ދުވަހު ހުރެއެވެ.

އެކަމަކު މިދެންނެވި މިންގަނޑަށް ކަލާކޮށްފައި ހުރި ދަގަޑެއް މޫދުގެ ރާޅުޖަހާފަށުގައި ހަރުކޮށްފައި ބަހައްޓައިފިނަމަ އޭގެ އުމުރަކީ 10 ވަރަކަށް އަހަރެވެ. އެހެން ނަމަވެސް ކޮންމެ އަކަމީޓަރަކަށް 900 ގްރާމް ޖެހޭގޮތަށް ބޯކޮށް ދަގަނޑު ކަލާކޮށްފިނަމަ މޫދުގައި ހުއްޓަސް އެދަގަނޑު ހަލާކުނުވެ 30 އަހަރަށްވުރެ ގިނަދުވަހު ހުންނަ ކަމަށް ވެއެވެ.





20 ފެބުރުއަރީ 2021

12 ޖެނުއަރީ 2021

20 މެއި 2021

21 ފެބުރުއަރީ 2021

13 ފެބުރުއަރީ 2021

09 ޖުލައި 2021

17 މާޗް 2021

17 ފެބުރުއަރީ 2021