އިމާރާތްކުރުމަށް އިތުރު އެހީއެއް



ކޮންކްރީޓު ޝީޓުގައި ވަޅުލާ ކަރަންޓުލާ ހޮޅިބައި


އުސްކޮށް އިމާރާތްކުރާ ގޭތަކުގައި ކަރަންޓުވަޔަރު އެޅުމުގެ ގޮތުން އަޅާ ކޮންޑުއިޓު ނުވަތަ ހޮޅިތަކަކީ ވަރަށް ސަމާލުވާން ޖެހޭ އެއްޗަކަށްވެއެވެ. ބައެއްފަހަރު ދިމާވާގޮތުން އެހޮޅިތަކުގެ އެތެރެއަށް ކޮންމެވެސް ގޮތަކުން ފެންވަދެ މުޅި ޝީޓުގެ އެތެރޭގައި އެ ފެން ފެތުރެއެވެ. އަދި ހޮޅީގެ ތެރެއިން ނަރު ތިރިކޮށްފައި ހުންނަ ކޮންމެ ތަނަކުން، ފަންކާއަށް ކަރަންޓު ނަގާފައި ހުންނަ ތަނުންނާއި، ޝީޓުގައި ހަރުކޮށްފައި ހުންނަ ބޮކިތައް ހުންނަ ތަންތަނުންނާއި، އަދި ހޮޅިތައް ގުޅުވުމަށް ގުޅާފައި ހުންނަ ޖަންކްޝަންތަކުން ވެސް ފެން ފައިބައެވެ.

ޝީޓަށް ކޮންޑުއިޓު ލައްވަނީ ސީލިން ނުކޮށް  އިމާރާތުގެ އެތެރޭގައި ލިބޭ އުސްމިން އޭގެ ޒާތުގައި ބެހެއްޓުމަށެވެ.  އެފަދަ ނިންމުމަކުން ސީލިން ކުރުމުގެ ޚަރަދުގެ ބައެއް އުނިކުރެވެއެވެ. އަދި އެ ނޫނަސް އެހެން ސަބަބަކާހުރެވެސް  ކޮންކްރީޓު ޝީޓުގެ އެތެރެއަށް ކޮންޑުއިޓު އަޅަން ނިންމައެވެ.

އެގޮތަށް ކޮންޑުއިޓު އަޅަން ނިންމާނަމަ އެކަން ރަނގަޅަށް ކުރަން ޖެހެއެވެ. އެގޮތުން ސަމާލުވާންޖެހޭ ބައެއް ކަންތައް ތަކަކީ:

1. ކޮންމެ ހޮޅިއެއްގެ ވެސް ނިމޭކޮޅު ތިރިއަށް ލެންބުން. އެކަމުން ލިބޭ ޔަގީން ކަމަކީ އެއްވެސް ގޮތަކުން ހޮޅީގެ ކޮޅުން އެއްވެސް ފެނެއް ނުވަދެވޭނެކަން ޔަގީން ކުރުން

2. ކޮންމެ ގުޅުވުމެއް ރަނގަޅަށް ތެރަސް ލާފައި ޖެހުން، އެއީ ޝީޓުގެ އެތެރޭއަށް އެއްވެސްތަނަކުން ފެން ވަންކަމުގައި ވިޔަސް ކޮންޑުއިޓު ހޮޅިތަކުގެ ނިޒާމު ބަންދުކުރެވިފައި ހުރުން.

3. ހޮޅިއެޅުމުގައި ބޭނުންކުރަނީ ނުފިތޭ ހަރު ހޮޅިކަން ޔަގީންކުރުން، އެއީ ކޮންކްރީޓު އަޅަމުންދާއިރު ނުފިތި ހަލާކު ނުވާނެކަން ޔަގީންކުރުން.

4. ހޮޅިތައް ގިނަވެ ޝިޓުގެ ކޮންކްރީޓު އެކަށީގެންވާގޮތަށް ފެތުރުނަ ނުދޭވަރަށް ހޮޅިތައް ކައިނަމަ އެތަކެތި ދުރު ކުރުން. 

5. ކޮންޑުއިޓު ހޮޅީގެ ނިޒާމު އެތުރިފައިވީގޮތުގެ ކުރެހުމެއް ހަދައި ރައްކާކޮށްފައި ބެހެއްޓުން.  އެއީ ކޮންކްރީޓު ޝީޓު އަޅައި ނިމުމުން އެ ކޮންޑުއިޓުތައް އޮތީ ކޮންތަނެއްގައި ކަމާއި، އަދި ދިޔަ މިސްރާބު ބޭރުން ފެންނަން ނުހުންނާނެތީއެވެ. އަދި ފަހުން ޝީޓުގެ ދިމާއަކު ލޯވަޅެއް އަޅަން ޖެހިއްޖެނަމަ ރައްކާތެރި ކަމާއެކު  ކަރަންޓުގެ އެއްވެސް ހޮޅިއަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ތޮރުފޭނެ ކަމުގެ ޔަގީން ހޯދުމަށެވެ.    





13 އޭޕްރީލް 2021

21 މެއި 2021

20 މެއި 2021

08 މެއި 2021

13 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021

28 މެއި 2021

02 މެއި 2021