އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތްކުރާ ތަކެތީގެ ބަރުދަން


އިމާރާތްކުރުމުގައި ގެންގުޅޭ ތަކެތީގެ ބަރުދަން އެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެފަދަ މައުލޫމާތު އެނގުމުން އިމާރާތަށް އަރާ ބަރު ކުޑަކުރެވި ރައްކާތެރިކަން އިތުރުވެއެވެ. މި ލިއާ ލިސްޓުގައި ކޮންމެ ބާވަތެއްގެ ބަރުދަން ވެސް ކޮޑި މީޓަރަކަށާއި އަދި ކޮޑި ފޫޓަކަށް ޖެހޭވަރާއި އަދި ބައެއް ތަކެތީގެ ބަރުދަން އަކަމީޓަރަށާއި އަދި އަކަފޫޓަކަށް ޖެހޭވަރުވެސް ބަޔާންކުރެވިފައިވާނެއެވެ. 

  1. އާދައިގެ ސިމެންތި – ކޮޑި މީޓަރެއްގައި 1440 ކިލޯ، ކޮޑިފޫޓެއްގައި 41 ކިލޯ
  2. އަވަހަށް ހިކޭ ސިމެންތި(ރެޕިޑް ހަރޑެނިންގ ސިމެންޓް) – ކޮޑިމީޓަރަކަށް 1250 ކިލޯ، ކޮޑިފޫޓަކަށް 35 ކިލޯ
  3. ދަގަނޑު ނުލައްވާ ހުންނަ ކޮންކްރީޓު – ކޮޑިމީޓަރަކަށް 2400 ކިލޯ، ކޮޑިފޫޓަކަށް 68 ކިލޯ
  4. ދަގަނޑު ލައްވާފައި ހުންނަ ކޮންކްރީޓު- ކޮޑިމީޓަރަކަށް 2500 ކިލޯ، ކޮޑިފޫޓަކަށް 71 ކިލޯ.
  5. ގަށާފައި ހުންނަ ސިމެންތި- ކޮޑިމީޓަރަކަށް 2000 ކިލޯ، ކޮޑި ފޫޓަކަށް 57 ކިލޯ
  6. އަޅާފައި ހުންނަ ގާ- ކޮޑިމީޓަރަކަށް 1600 ކިލޯ، ކޮޑި ފޫޓަކަށް 45،32 ކިލޯ
  7. ފެން- ކޮޑިމީޓަރަކަށް 1000 ކިލޯ، ކޮޑިފޫޓަކަށް 28 ކިލޯ
  8. ގާ ކުނޑި- ކޮޑިމީޓަރަކަށް 1420 ކިލޯ، ކޮޑިފޫޓަކަށް 40 ކިލޯ
  9. ވެލި – ކޮޑިމީޓަރަކަށް 1600 ކިލޯ، ކޮޑިފޫޓަކަށް 45 ކިލޯ
  10. ކޮންކްރީޓަށް ބޭނުންކުރާ ހިލަ- ކޮޑިމީޓަރަކަށް 1750 ކިލޯ، ކޮޑިފޫޓަކަށް 50 ކިލޯ.
  11. އެންމެ ހަރު ހާޑު ވުޑް ލަކުޑި – ކޮޑިމީޓަރަކަށް 1000 ކިލޯ، ކޮޑިފޫޓަކަށް 28 ކިލޯ
  12. ލުއި ހާޑުވުޑް ލަކުޑި – ކޮޑިމީޓަރަކަށް 560 ކިލޯ، ކޮޑިފޫޓަކަށް 16 ކިލޯ
  13. ރެޑް މެރާންޓީ ލަކުޑި- ކޮޑިމީޓަރަކަށް 700 ކިލޯ، ކޮޑިފޫޓަކަށް 20 ކިލޯ.
  14. އޮރިމަސް ވަކަރު( ޕައިން ވުޑް) – ކޮޑިމީޓަރަކަށް 420 ކިލޯ، ކޮޑިފޫޓަކަށް 12 ކިލޯ.
  15. ހައިވަކަރު- ކޮޑިމީޓަރަކަށް 720 ކިލޯ، ކޮޑިފޫޓަކަށް 20 ކިލޯ
  16. ދަގަނޑު – ކޮޑިފޫޓަކަށް 7850 ކިލޯ، ކޮޑިފޫޓަކަށް 222 ކިލޯ
  17. ސްޓެއިންލަސް ސްޓީލް ދަގަނޑު- ކޮޑިމީޓަރަކަށް 7480 ކިލޯ، ކޮޑިފޫޓަކަށް 212 ކިލޯ.
  18. އަލުމީނީއަމް- ކޮޑިމީޓަރަކަށް 2739 ކިލޯ، ކޮޑިފޫޓަކަށް 77 ކިލޯ
  19. ރާނާފައި ހުންނަ ފާރު- ކޮޑިމީޓަރަކަށް 2000 ކިލޯ، ކޮޑިފޫޓަކަށް 57 ކިލޯ.
  20. ރާނާފައި ހުންނަ ފާރު 8 އިންޗި ބޯމިން ހުރިނަމަ- ކޮންމެ އަކަ މީޓަރަކަށް 400 ކިލޯ، ކޮންމެ އަކަފޫޓަކަށް 37 ކިލޯ.
  21. ރާނާފައި ހުންނަ ފާރު 6 އިންޗި ބޯމިން ހުރިނަމަ- ކޮންމެ އަކަމީޓަރަކަށް 300 ކިލޯ، ކޮންމެ އަކަފޫޓަކަށް 28 ކިލޯ.
  22. ރާނާފައި ހުންނަ ފާރު 4 އިންޗި ބޯމިން ހުރިނަމަ- ކޮންމެ އަކަމީޓަރަކަށް 200 ކިލޯ، ކޮންމެ އަކަފޫޓަކަށް 18 ކިލޯ.
  23. ޝީޓުގައި އަޅާފައި އޮންނަ ތަޅުން 2 އިންޗި ބޯނަމަ – ކޮންމެ އަކަމީޓަރަކަށް 100 ކިލޯ، ކޮންމެ އަކަފޫޓަކަށް 9 ކިލޯ.
  24. ތަޅުމުގައި ޖަހާ އާދައިގެ ތަށިމުށި ބޯމިން 10 މިލިމީޓަރު ހުރިނަމަ- އަކަމީޓަރަކަށް 25 ކިލޯ، އަކަފޫޓަކަށް 2.5 ކިލޯ
  25. ތަޅުމުގައި ޖަހާ މޮޅުތަށިމުށި ބޯމިން 10 މިލިމީޓަރު ހުރިނަމަ- އަކަމީޓަރަކަށް 28 ކިލޯ، އަކަމީޓަރަކަށް 2.6 ކިލޯ
  26. ތަޅުމުގައި ޖަހާ ހިލަ، ގްރެނައިޓު ނުވަތަ މަރބްލް ބޯމިން 20 މިލިމީޓަރު ހުރިނަމަ އަކަމީޓަރަކަށް 62 ކިލޯ، އަކަފޫޓަކަށް 6 ކިލޯ
  27. ތަޅުމުގައި ޖަހާ ލަކުޑި ބޯމިން 20 މިލިމީޓަރު ހުންނަ ނަމަ – އަކަމީޓަރަކަށް 20 ކިލޯ، އަކަފޫޓަކަށް 2 ކިލޯ
  28. ތަރުފާލު ބޯމިން 2.5 މިލިމީޓަރު ހުރިނަމަ – އަކަމީޓަރަކަށް 3 ކިލޯ، އަކަފޫޓަކަށް 300 ގްރާމް
  29. ޕާޓިޝަން ފަދަ ބޯޑު ބޭނުންކޮށްގެން ހަދާފާރު- އަކަމީޓަރަކަށް 20 ކިލޯ، އަކަފޫޓަކަށް 2 ކިލޯ
  30. ބިއްލޫރި – ކޮޑިމީޓަރަކަށް 2500 ކިލޯ، ކޮޑި ފޫޓަކަށް 71 ކިލޯ.
  31. ބިއްލޫރި ދޮރު- އަކަމީޓަރަކަށް 25 ކިލޯ، އަކަފޫޓަކަށް 2 ކިލޯ.





23 މެއި 2021

20 މާޗް 2021

12 ޖުލައި 2021

04 އޭޕްރީލް 2021

15 ފެބުރުއަރީ 2021

20 މެއި 2021

08 ޖުލައި 2022

08 މެއި 2021