އިމާރާތްކުރުމަށް އިތުރު އެހީއެއް



ޓަކޯމާ ނެރޯސް ބްރިޖު _ އިމާރާތްކުރުމުގެ ފޭލުވުމެއްގެ މިސާލެއް


 

 

ޓާކޯމާ ނެރޯސް ބްރިޖު އާންމުންނަށް ހުޅުވާލެވުނު ދުވަހު _ _ _   ފޮޓޯ: ވިިކިޕީޑިއާ
 

 ޓާކޯމާ ނެރޯސް ބްރިޖުގެ މައި ސްޕޭނު ހަލާކުވި ވަގުތު _ _ _ ފޮޓޯ: ވިކިޕީޑިއާ

 

ޓަކޯމާ ނެރޯސް ބްރިޖަކީ އެމެރިކާގެ ޕިއާރސް ކައުންޓީ، ވޮޝިންގްޓަނުގައި 1940 ވަނަ އަހަރު އިމާރާތްކުރެވުނު، އަދި އިމާރާތް ކުރެވުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ވައިރޯޅިއެއްގެ ސަބަބުން ކުއްލިގޮތަކަށް ރޫޅި، ހަލާކުވެގެންދިޔަ ސަސްޕެންޝަން ބްރިޖެކެވެ. ގިނަ ބަޔެއްގެ ފާޑުކިޔުމެއް ރައްދުވި މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ހޯދުމަށްޓަކައި އެއިރުގެ އިންޖިނިއަރުން ތަފާތު އެތަކެއް ތަހުޤީގުތަކެއް ކުރިއެވެ. އާދައިގެ ވައި ރޯޅިއެއްގެ ސަބަބުން ޒަމާނީކޮށް ފަރުމާކޮށްފައިވާ “ސަސްޕެންޝަން ބްރިޖު” ވީރާނާވެގެން ދިޔައީ ކީއްވެ؟

މި ލިޔުމުގައި ދެން އެކުލަވާލެވިފައިވަނީ އެންސައިކްލޮޕީޑިއާ ބްރިޓެނިކާގެ ވެބްސައިޓުން މި ހާދިސާއަށް ބިނާކޮށް ލިޔެފައިވާ ކުރު ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.ވެ

 

ޓަކޯމާ ނެރޯސް ބްރިޖު

ޓަކޯމާ ނެރޯސް ބްރިޖަކީ “ނެރޯސް އޮފް ޕިއުގެޓް” ފެންގަނޑުން ހުރަސްކޮށް ވޮޝިންގްޓަން ސްޓޭޓުގެ މައި ބިމާއި އޮލިމްޕިކް ޕެނިންސުލާ ގުޅުވާލި ސަސްޕެންޝަން ބްރިޖެކެވެ. މިތަނުގައި ފުރަތަމަ ފަހަރަށް އިމާރާތްކުރެވުނު ބްރިޖު މަޝްހޫރު ވެފައިވަނީ “ގެލޮޕިން ގޭރޓީ” ގެ ނަމުގައި އިންޖިނިއަރިންގްގެ ފޭލުވުމެއްގެ މިސާލެއް ގޮތުގައެވެ.          ވ

ޓަކޯމާ ނެރޯސް ބްރިޖު ފުރަތަމަ ފަހަރަށް ހުޅުވާލެވުމުގެ ހަތަރު މަސް ފަހުން 42 މޭލުގެ (67 ކިލޯމީޓަރުގެ) ގަދަ ވައި ރޯޅިއަކާއިއެކު ބްރިޖު ރޫޅިގެން ދިޔައީ ނޮވެމްބަރު 7، 1940 ގައި ހެނދުނުގެ ވަގުތެއްގައެވެ. ހާދިސާ ހިނގުމުގެ ކުރިންވެސް ދެމުމުގެ ބައެއް އަސަރުތައް ދައްކަމުންދިޔަ 2800 ފޫޓުގެ (840 މީޓަރުގެ) މައި ސްޕޭނު ހަލާކުވެ، ރޫޅިގެން ދިޔައީ ޖެހުނު ވައިރޯޅިއާއެކު އުފެދުނު ހެލުވުންތަކުގެ މިންވަރު މަތިވަމުންދިޔަ “ޓޯރޝަނަލް އޮސިލޭޝަން” ތަކަކަށް ފަހު ސަސްޕެންޑަރުތައް ދޫވެ އިރައިގެން ދިޔުމުންނެވެ. ފަހުން ކުރެވުނު ތަހުޤީގުތަކުގެ ތެރެއިން ތަހުޤީގަކުން ހާމަވެގެންދިޔައީ ބްރިޖުގެ ފަރުމާކުރުމުގަޔާއި އިމާރާތްކުރުމުގައި މައްސަލަތަކެއް ހުރިކަމަށެވެ. ބްރިޖުގެ ސްޓިފަނިންގް ޕްލޭޓް ގާރޑާސްއާއި ބްރިޖާ ދޭތެރޭގައިވާ ބަޔަށް ގަދަ ވައިރޯޅި ތަކުގެ ސަބަބުން ކުރާ ބާރު ހިފެހެއްޓޭވަރަށްވުރެ ދެރަކަމަށެވެ. މީގެ އިތުރަށް ފާލަން ހަނި ވުމަކީވެސް ސްޕޭންގެ ދެމުމަށް ލިބުނު އިތުރު އެހީއެކެވެ. ވުމާއިއެކު، މި ބްރިޖަކީ އެއިރޯޑައިނެމިކް ބާރުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު ބޮޑުކޮށް ފަރުމާ ކުރެވިފައިވާ ބްރިޖެއް ކަމަށް ފާހަނގަ ކުރެވުނެވެ. އެއިރު އެއިރޯޑައިނޭމިކް ބާރުތަކަށް ނިސްބަތްކޮށް މަދު ދިރާސާއެއް ނޫނީ ކޮށްފައިނެތުމުން، އެއާއި ގުޅޭ ގޮތުން އިންޖިނިއަރުންނަށް ލިބިފައިވާ މަޢުލޫމާތު ކުޑަ ކަމަކީވެސް ފާހަނގަކޮށްލެވޭ ކަމެކެވެ.ވެ

 

ޓަކޯމާ ނެރޯސް ބްރިޖު 2015 ގައި _ _ _ ފޮޓޯ: ވިކިޕީޑިއާ

                

ބްރިޖު ރޫޅިގެން ދިޔަ ވަގުތުގައި ބްރިޖު ބަންދުކޮށްފައި ހުރުމުން އެއްވެސް ފުރާނަޔަކަށް ގެއްލުމެއް ލިބިފައިނުވެއެވެ. ނަމަވެސް، މި ހާދިސާއާއި ވިދިގެން ސަސްޕެންޝަން ބްރިޖުތައް ފަރުމާ ކުރުމުގައި މުޅިން އައު ސަފުޙާއެއް ހުޅުވިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތު އެއިރޯޑައިނެމިކްސްއާއި ބެހޭގޮތުން ގިނަ އަދަދަކަށް އައު ދިރާސާތައް ކުރަން ފެށުނެވެ. މި ހާދިސާއަށްފަހު ސަސްޕެންޝަން ބްރިޖުތައް ފަރުމާކުރުމުގައި ޕްލޭޓް ގާރޑަރ ބޭނުންކުރުން ހުއްޓާލެވުނެވެ.ވެ

 

އިތުރު ލިންކުތައް :  ބްރިޖު ރޫޅުނު ވަގުތު ނަގާފައިވާ ވީޑިއޯއެއް

 





08 ޖެނުއަރީ 2021

15 މެއި 2021

12 އޭޕްރީލް 2021

20 މެއި 2021

20 އޭޕްރީލް 2021

20 މެއި 2021

15 ފެބުރުއަރީ 2021

24 ފެބުރުއަރީ 2021