އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތުގެ ބިންގާއެޅުމަށް ކޮނުން


އިމާރާތުގެ ބިންގާ އެޅުމުގެ ގޮތުން ކޮންނަންވާނީ އެކަށީގެންވާ ފިޔަވަޅު އަޅައިގެންނެވެ. ޚާއްސަކޮށް ވަށައިގެން އިމާރާތްކޮށްފައި އޮތް މާހައުލެއްނަމަ އެކަމުގައި ސަލާމަތީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައިގެން ނޫނީ ކޮނެގެން ނުވާނެއެވެ.

އެންމެ ބޮޑު ނުރައްކަލެއް ދިމާވަނީ ކޮންނަ ކޮނުމުގެ ތެރޭ ނަގަމުންދާ ވެއްޔާއެކު ބިމުގައި ޖަމާވެފައި އޮންނަ ފެނުގެ ސަބަބުން ޖެހިތެން ހުރި އިމާރާތުގެ ފައުންޑޭޝަނުގެ ދަށުން ވެލި ދެމިގެން ދިއުމެވެ. އެހެނެ ދިމާވެއްޖެނަމަ އެ އިމާރާތް އަރި އަޅާލައި އަދި ވެއްޓުމުގެ ބިރު އޮވެއެވެ. އެހެންވީމާ ޖެހިގެން އިމާރާތް ކޮށްފައިވާ އިމާރާތުގެ ފައުންޑޭޝަންގެ ދަށުން ދެމިގެން ހިގައިދާނެ ވެލި ހިފެހެއްޓުމުގެ ގޮތުން ދަގަނޑު ފިލާޖަހަން ޖެހެއެވެ. ދަގަނޑު ފިލާތޯ ނުވަތަ ލަކުޑި ޕްލައިވުޑުތޯ ނުވަތަ އެހެން ބާވަތެއްގެ ފިލައެއްތޯ ނިންމަނީ ޚާލަތަށް ބަލާފައެވެ. ގިނަފަހަރު ދަގަނޑު ފިލާޖަން ޖެހެއެވެ.

ދަގަނޑު ފިލާޖަހައި އަދި އެފިލާތައް ކުރިމަތިންނާއި އަރި މަތިން ހިފަހައްޓަނީއެވެ. އިމުގައި ޖަހާފައިހުންނަ މިދެންނެވި ފިލާހުންނަނީ ކޮންނަން ބޭނުންވާ ފުންމިނަށްވުރެ އަޑިއަށް ޖަހާފައެވެ.

މަގާވީ ފަރާތުގައިވެސް މިދެންނެވި ފިލާޖަހަންވާނެއެވެ. އެއީ މަގުގެ ފަސްގަނޑުވެސް ދެމިގެން ދިއުމުގެ ބިރު އޮވެއެވެ. މަގުން ދަތުރުކުރާ އުޅަނދުފަހަރަށް އަރުވާފައި ހުންނަ މުދަލުން ބިމަށް ކުރާ ބަރުގެ ސަބަބުން ބިންގަނޑު ގަނބައިގެން ދިއަނުދިނުމަށެވެ.





20 މާޗް 2021

21 ފެބުރުއަރީ 2021

21 މެއި 2021

10 މެއި 2021

20 މެއި 2021

13 ފެބުރުއަރީ 2021

17 މާޗް 2021

15 މެއި 2021