އިމާރާތްކުރުމަށް އިތުރު އެހީއެއް



އިމާރާތު އެތެރޭގައި ކުރާ ލަކުޑީގެ މަސައްކަތް


އިމާރާތުގެ ވަޑާންކުރުމަށް ބޭނުންކުރާ ހުރިހާ ލަކުޑިއަކީވެސް ހިއްކާފައި ހުރި ތެދު ނުދަމާ ގޮށްނެތް ލަކުޑިއަށް ވާންޖެހެއެވެ. ކަތުރުފަނި ފަދަ އެއްޗެއް އެޅިޔަ ނުދިނުމަށް ލަކުޑި ރައްކާތެރި ކުރަންޖެހެއެވެ. ލަކުޑީގައި އެފަދަ ތެލެއް ނުވަތަ ކެމިކަލް އެއް ލުމުން ކަތުރުފަނިން ދުރުހެލި ކޮށްދެއެވެ. ކަތުރުފަނިން ލަކުޑި ހިމާޔަތް ކޮށްދޭ ކެމިކަލް މާލެއިންވެސް ގަންނަން ލިބެން ހުރެއެވެ.

އިމާރާތުގެ ކޮންމެ ތަނެއްގައި ލަކުޑި ބޭނުންކުރިއަސް އެލަކުޑިއަކީ ކޮންވައްތަރެއްގެ އެެއްޗެކަށް އިމާރާތުގެ ވެރިފަރާތަށް އެގެން ޖެހެއެވެ. އެހެންވީމާ ލަކުޑީގެ މައުލޫމާތު އިމާރާތުގެ ވެރިފަރާތަށް ދީ އަދި އެކަމުގައި ކޮންސަލްޓަންޓެއް އުޅޭނަމަ އޭނާގެ ހުއްދައާއެކު ލަކުޑީގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އޭރުން ފަހުން ގެންނަން ޖެހޭ ބަދަލު މަދުވެފަ މަސައްކަތްކުރާމީހާގެ އަތުންދާ ޚަރަދު ކޮންޓްރޯލް ވެއެވެ. 

ކުރެހުމަށް ބަލައިގެން އޭގައި ވާ އެއްޗެއްގެ ވަޑާމެއް ނިންމާނަމަ އެކަމުގައި ސަމާލުވާންޖެހޭ މުހިއްމު ކަމެއް ވެއެވެ. އެއީ އާންމުގޮތެއްގައި ކުރެހުމުގައި ދައްކާފައި، މިންޖަހާފައި ހުންނާނީ ލަކުޑީގެ ވަޑާން ނިމުނީމަ އޭގެ ސައިޒު، ބޮޑުމިން ހުންނަ ވަރަށެވެ. އޮމާންކުރާއިރު، މަޝާއިރު ގެއްލޭބައި ކުރެހުމުގައި ދައްކާފައެެއް ނުހުންނާނެއެވެ. އެހެންވީމާ ލަކުޑި ގަންނައިރު  ގަންނަން ޖެހޭނީ މެށުމަށް ދާނެވަރު އަންދާޒާކުރުމަށްފަހު ބޮޑުކޮށް ލަކުޑި ހޯދާށެވެ. ބޭނުންވާ ލަކުޑި ކޮޑި ހޯދުމުގައި ސަމާލުވާން ޖެހެއެވެ.

އިމާރާތުގެ ވަޑާމުގައި ބޭނުންކޮށްފައި ހުންނަ ލަކުޑި ހުންނަން ޖެހެނީ ރީތިކޮށް ހުރިހާފަރާތެއްވެސް އޮމާން ކޮށްފައެވެ. އެއްވެސް ކަހަލަ އޮރިއެއް ދެމުމެއް ހުރެގެން ނުވެއެވެ.

އެއްވެސް ގުޅުވުމެއް ގުޅުވެން އޮތީ މޮހޮރު ނުވަތަ އިސްކުރު ޖަހައިގެން ކަމުގައި ވާނަމަ، އެ ގުޅުވުން ހުންނާނެގޮތް އެ ހެދުމުގެ ކުރިން އިމާރާތުގެ އަރކިޓެކްޓާ މަޝްވަރާކުރަން ޖެހެއެވެ. އެންމެ ރަނގަޅު ގޮތަކީ ޝޮޕްޑްރޯއިން ނުވަތަ ތައްޔާރުކުރާގޮތުގެ ކުރެހުމެއް ހަދައި އެ އަށް ހުއްދަ އެއް ހޯދުމެވެ. 

އެއްވެސް ހާލެއްގައި އިމާރާތުގެ ވެރި ފަރާތާ މަޝްވަރާނުކޮށް ލަކުޑި ދޮރުތަކުގައި ވަރުނީސް ލުން ނުވަތަ ވުޑް ޑައި ލުން ފަދަ ކަމެއް ނުކުރާށެވެ. އަދި ދަވާދު ލުމުގެ ނިންމުން ވެސް ނުނިންމާށެވެ. އެއީ އެ ދޮރުތައް ނިންމަންވީ އެހެން ގޮތެއް އޮވެދާނެތީއެވެ. ނިންމާނެގޮތް، ލާނެ ދަވާދު، ވަރުނީހުގެ ވާހަކަ ދައްކާ ގޮތެއް ނިންމައިގެން މަސައްކަތް ކުރިއަށް ގެންދާށެވެ.

ފަންގިފިލާ ފަދަ ތަންތަން ނިންމާލުމުގެ ތެރޭގައި އޭގެ ފަތިތައްވެސް އަޅަންނުފަށައި އެއްވެސް ކަހަލަ ނަރެއް ހޮޅިއެއް އަޅަން ޖެހޭ އޮތްތޯއާއި، އެއްވެސް އެފަދަ ކަމެއް ނުކުރެވި ބާކީ ހުރިތޯ ޔަގީން ކުރުމަށްފަހު ފަތީގެ މަސައްކަތް ފަށާއެވެ. އަދި ފަތި އެޅުމަށްފަހު ޕްލައިވުޑު ނުވަތަ ބޯޑު ޖެހުމުގެ ކުރިން ހަރުކުރަންޖެހޭ އެއަރކޯނެއް، ބޮތްކެއް ނުވަތަ އެގްޒޯސްޓު ފަންކާއެއް ނުވަތަ ނަރެއްވިޔަސް ހުރިތޯ ބަލައި އެ ހުރިހާ ކަމެއް ނިމުމުން ފަންގިފިލާގެ ފަހު ފިލާތައް ޖަހަން ފަށާށެވެ. އެހެންނޫނީ ފިލާތައް ނައްޓަން ޖެހިދާނެއެވެ. 

ފަންގިފިލާގެ ފިލާޖަހާއިރު އެތެރޭގައި ހުރި ހޮޅިތަކެއް ނުވަތަ ނަރުތަކެއް މަރާމާތުކުރުމަށް ނުވަތަ ބެލެހެއްޓުމަށް ގޮޅިއެއް ދޫކޮށް އެތަނުގައި ވަކި މަތިގަނޑެއް އަޅަން ޖެހޭތޯ ޔަގީކުރަން ޖެހެއެވެ. އަދި އެފަދަ މަތިގަނޑަކާ މައި ފަންގިފިލާ ގުޅޭތަނުގައި އެހެން މައުދަނެއްގެ ފަތިގަނޑެއް، މިސާލަކަށް އެލުމީނިއަމް ފަތިގަނޑެއް އަޅަންޖެހޭތޯ ބަލަންޖެހެއެވެ.

އިމާރާތުގައި ހަރުކުރާ ދޮރުތަކުގައި ހުންނަ ތަޅާއި ހުޅުފަދަ އެއްޗެއްސަކީ ވަރަށް ތަފާތު އަގުއަގުގައި ލިބެން ހުންނަ އެއްޗަކަށް ވާތީއާއި، ކޮންމެ ކޮންމެ ތަޅަކާއި އަތްގަނޑަކީ ވަކި ބޯމިނެއް ދޮރުފަތުގައި ނެތްނަމަ ހަރު ނުކުރެވޭ އެއްޗަކަށްވާތީ، ތަޅަކީ ކޮބައިކަން އޮޅުން ފިލުވަންޖެހެއެވެ. އެންމެ ރަނގަޅީ މަސައްކަތް ފެށުމުގެ ކުރިން ދޮރުގެ ލަކުޑިއާއ، ދޮރުގެ މިންތަކާއި، ދޮރުގެ އަދަދާއި، ނިންމާނެ ކުލަ ނުވަތަ ވަރުނީސް ނުވަތަ ދަވާދެއް ނިންމުމުގައި ވާހަކަ ދައްކާއިރު ނުވަތަ އެގްރީމެންޓެއް ލިޔާއިރު އޭގައި ތަޅުތަކާއި، ހުޅުތަކާއި، އެފަދަ ސާމާނުގެ ވައްތަރު ހިމަނާލުމެވެ. 



  • މި ފޮތުެގެ އަސްލު މަޤްސަދަކަށް ވާންޖެހޭނީ ގުރޭޑް 8 އަށްކުން މަތީގެ ކުދިންނަށް ޓާގަޓް ކަމަށް ހީކުރަން
    ކުޔާލުމުން ބޮލަށް ވަންނަގޮތް ކުޑް
    ޕޮއިންޓު ފޯމަށް ހުރުމުން ހަދާން ކުރަން ފަސޭހަ ވާނެ
    ޝަޓަރިންގްނަށް ބޭނުންވާ ލަކުޑީގެ ވާހަކައެއް ނެތް
    ސައިޒް ތަށް ސްކެޗް ކުރުން މުހިމްމު،

    • ތިޔަ ފާހަގަކުރެއްވީ ވަރަށް މުހިއްމު ކަންތައްތަކެއް. ދެން ތައްޔާރުކުރާ ލިއުންތަކުގައި އެކަންތައްތައް ހިމެނުމަށް މަސައްކަތްކުރާނަން.



  • 13 ފެބުރުއަރީ 2021

    15 ފެބުރުއަރީ 2021

    21 ފެބުރުއަރީ 2021

    08 ޖެނުއަރީ 2021

    13 ފެބުރުއަރީ 2021

    20 މެއި 2021

    20 މެއި 2021

    20 ފެބުރުއަރީ 2021