އިމާރާތްކުރުމަށް އިތުރު އެހީއެއް



ކޮންކްރީޓު ގަށާ އުވަދޯނި ނުވަތަ މެޝިނު


ކޮންކްރީޓުގަށަން އެންމެ ކަމުދަނީ އޮވަދޯނީގައި  އުދަލިން ގެށުމަށް ވުރެ ކޮންކްރީޓު މެޝިނު ބޭނުން ކުރުމެވެ. އެއީ ގަށާ ކޮންކްރީޓު ގަނޑު ތަތްގަދަވެގެން ދާއިރު ވަރަށް ބާރު ލައިގެން ނޫނީ ނުގެށެއެވެ. އެހެންވެ، އަތުން ގަށާ ގިނަފަހަރު ތަކުގައި ރަނގަޅަށް ނުގެށޭކަން ފާހަގަ ކުރެވެއެވެ. ކޮންމެ ބާވަތެއްގެ ކޮންކްރީޓެއް އުފެއްދުމަށް ވެސް އެންމެ ރަނގަޅީމެޝިނުގައި ގެށުމެވެ.

އެއްކޮތަޅު ސިމެންތިއާ، 2 ކޮތަޅުވެެއްޔާ އަދި 4 ކޮތަޅު ހިލަ އަދި އެއަށް ފުދޭނެ 25 ލީޓަރުގެ ފެން އެއްކޮށް ގަށާލެވޭ ‘ ވަން ބޭގް މިކްސަރު ‘ ނުވަތަ 1 ކޮތަޅުގަށާލެވޭ ކޮންކްރީޓު މެޝިނަކީ ދިވެހިރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އެއްވައްތަރުގެ އުވަދޯންޏެވެ.

އެއަށްވުރެ ކުޑަ، ސިމެންތި ކޮތަޅެއްގެ ދެބައިކުޅައެއްބައި ގަށާލެވޭ ކޮންކްރީޓު މެޝިނުވެސް ގެންގުޅެއެވެ.

އުސްކޮށް އިމާރާތްކުރާ ތަންތަނުގައި ކުރަންޖެހޭ ކޮންކްރީޓުގެ އަދަދު މަތިވާނީ އެއްފަހަރާ 2 ކޮތަޅު ނުވަ 4 ކޮތަޅު ސިމެންތީ އަޅާލައި ގެން ގަށާލެވޭ ބޮޑަތި މެޝިނުތައްވެސް މާލޭގެ މަގުމަތީ ބަހައްޓައިގެން ބޭނުންކުރާ މަންޒަރަކީ އާންމުކަމެވެ.

މަގުމަތީގައި ބަހައްޓައިގެން ކޮންކްރީޓު ގެށުމުގެ ބަދަލުގައި އެހެން ތަނެއްގައި ބަހައްޓާފައި ހުން ކޮންކްރީޓު އުފައްދާ ‘ބެޗިން ޕްލާންޓަކުން”  ތަކެތި އެއްކުރާ މިންގަނޑު ސީދާ ހިފަހައްޓާ މެޝިނަކުން ގަށައިގެން، ގަށާފައިވާ ކޮންކްރީޓު އުފުލުމަށް ޚާއްސަކުރެވިފައިވާ ލޮރީއަކަށް އަޅައިގެން ގެނެން އިމާރާތް ކުރާ ސަރަހައްދަށް ގެނެސްދެއެވެ. މި ދެންނެވިފަދަ މަސައްކަތެއް އެސް. ޓީ. އޯ. ގެ ފަރާތުން މާލެއާއި ހުޅުމާލޭގައި ކުރެއެވެ.

އެއްކޮތަޅު ސިމެންތި ގަށާލުމަށް އެކަމު ޚާއްސަ ކަރަންޓު އުވަދޯންޏަކަށް، 1 ކޮތަޅު ސިމެންތިއާ ( ސިމެންތީގެ ޖުމްލަ ބަރުދަން 50 ކިލޯގެ) 2 ކޮތަޅު ވެއްޔާއި (  ވެލީގެ ޖުމްލަބަރުދަން  100 ކިލޯ) އަދި 3 ކޮތަޅު ހިލަ (  ހިލައިގެ ޖުމްލަބަރުދަން 150 ކިލޯ) ހުންނަ ތަކެތި އަޅައި ފެން އަޅަމުން ގާތްގަނޑަކަށް 25 ލިޓަރު ހަމަވެ އެ ސިމެންތި ގަނޑު 3 މިނިޓެއްހާއިރު ވަންދެން ކަރަންޓު އުވަދޯނި ހިންގުމުން އާންމުގޮތެއްގައި ހުންނީ ރަނގަޅަށް ގެށިފައެވެ. ރަނގަޅަށް ގެށިފައި ހުންނަ ކޮންކްރީޓަށް ބަލާލުމުން އޭގެ ތެރެއިން ސިމެންތި ނުވަތަ ވެލި ވަކިން ފެނިގެން ނުވާނެއެވެ. ފެންނަންވާނީ އެކުވެގެށިފައިވާ އެއްޗެއްގެ ގޮތުގައެވެ.

 





17 މާޗް 2021

05 މާޗް 2021

17 ފެބުރުއަރީ 2021

16 މެއި 2021

21 މެއި 2021

11 ނޮވެމްބަރު 2022

12 ޖެނުއަރީ 2021

29 ޖޫން 2021