އިމާރާތްކުރުމަށް އިތުރު އެހީއެއް



އަންދާސި ހިސާބުގައި ހުންނަ ބައިތައް


އިމާރާތެއްގެ ފުރިހަމަ އަންދާސީހިސާބެއް ހަދަންބޭނުންވާނެނަމަ، އެންމެ ކުޑަމިނުން ތިރީގައި މި ލިއެފައިވާ ލިސްޓުގައި ހުރިބައިތަކަށް ހިނގާނެ ޚަރަދު ބަލާލުން މުހިއްމެވެ.

  1. ބިމުގެ އަގު. އެކަމާ ގުޅުން ހުރިޓެކުހާއި، އަދި ބިންސާފުކުރުމާއި، ސާރވޭކުރުމަށް ޚަރަދެއް ހިނގާނެނަމަ އެޖުމްލައަގު.
  2. ކޮންޓްރެކްޓަރު މަސައްކަތްކުރުމަށް ދީފައިވާއަގު. މިއަގުގެތެރޭގައި މަސައްކަތަށްބޭނުންވާނެ ތަކެއްޗާއި، މީހުންނާއި، ސާމާނުގެ އަގު ހިމަނައިގެން ލިބޭ ޖުމްލަ އަގު.
  3. އިމާރާތް ފަރުމާ ކުރުމަށް އާކިޓެކްޓަށާއި، އިންޖިނޭރަށާއި، ކުއަންޓިޓީސަރވެޔަރަށާއި، އިންޓީރިއަރ ޑިޒައިނަރުންނަށް ޚަރަދުވާނެކަމަށް ލަފާކުރާ އަގާއި، އިމާރާތްކުރަމުންދާއިރު މަސައްކަތް ބެލެހެއްޓުމަށް އައްޔަންކުރާފަރާތަށް ދޭންޖެހޭއަގު
  4. ސަރުކާރުން ނަގަންޖެހޭ ހުއްދަތަކުގެ އަގު
  5. މަސައްކަތްކުރަމުންދާއިރު ކޮންޓްރެކްޓަރަށް ނުވަތަ ކޮންސަލްޓަންޓަށް ވެރިފަރާތުން ދޭންޖެހޭއިތުރު އެހީތެރިކަމެއްވާނަމަ، އެކަމުގެ އަގު. ބައެއް މަޝްރޫއުތަކުގައި، ކޮންޓްރެކްޓަރުގެ އަގުގެ ތެރޭގައި، ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަސައްކަތުމީހުން ނިންދަވާނެ ގޭގެއަގާއި، ކެއުމުގެ އަގު ނުހިމެނިވާނަމަ އެފަދަ ކަންކަމަށް ޚަރަދުވާނެ ޖުމްލައަގު
  6. މަޝްރުޢުއާގުޅިގެން ކުރާ ދަތުރުތަކުގެ އަގު
  7. ކޮންޓިންޖެންސީ ނުވަތަ އަތުވެދާނެ ބަދަލަކަށް ހަމަޖައްސާފައިވާ މަޝްރޫއުގެ އެހެނިހެން ޚަރަދުގެ ޖުމްލައަގުގެ %5 އަށްޖެހޭ މިންވަރުގެ އަގެއް.




09 ޖުލައި 2021

21 ފެބުރުއަރީ 2021

08 ޖުލައި 2022

03 މެއި 2021

17 މާޗް 2021

29 ޖޫން 2021

20 މެއި 2021

17 ފެބުރުއަރީ 2021