އިމާރާތްކުރުމަށް އިތުރު އެހީއެއް



ބިންގާ އެޅުމަށް ބިން ކޮންނައިރު ނެގޭވެލީގެ ކޮޑިއިތުރުވާނެ


ބިމުގައި ވެލިހުންނައިރު އެހުންނަނީ އެކިއެކި ސަބަބު ތަކާހުރެ ހަރުވެފައެވެ. ވެހޭވާރޭ ހިނދިގެންދާ ދިއުމުންނާއި، ބިންމަތީގައި ބަހައްޓާ ބަރު އެއްޗެތީގެ ސަބަބުންނާއި، އަދި ހިނގާބިނގާވާ މީހުނާއި ދުއްވާ އެއްޗެތީގެ ސަބަބުން ބިންގަނޑު ހުންނަނީ ހަރުވެފައެވެ.  ބިން ކޮނުނީމަ  ވެލިގަނޑު ދޫވެ ނެގޭ ވެލީގެ ކޮޑި އިތުރުވެއެވެ. އެ އިތުރުވާ ވަރަކީ ބައެއްފަހަރު  ވަރަށް ރަނގަޅަށް ހިސާބުކުރަންޖެހޭ އެއްޗެކެވެ. އަދި އެ ނަގާ ވެލި އެއްތަނުން އަނެއްތަނަށް އުފުލަން ޖެހޭކަމަށް ވާނަމަ އިތުރުވާ ބަޔަކީ މުހިއްމު ބަކެއެވެ. އެކިވެލި އިތުރުވަނީ އެކި ވަރަށެވެ. އަޅުގަނޑުމެންނަށް ފެނުނުގޮތުގައި ދިވެހިރާއްޖޭގެ ބިމުގެ ވެލި އިތުރުވަނީ ގާތްގަނޑަކަށް 15 އާއި 20 ޕަސެންޓުގެ އަދަދަކަށެވެ.

މާލޭ ސަރަހައްދުގައި ބިންކޮނެގެން ނަގާވެލި އުކާލެވެނީ އެކަމަށް ފައިސާ ޚަރަދު ކޮށްގެންނެވެ. ފައިސާ ދައްކަން ޖެހެނީ އުކާލެވޭ ކޮންމެ ލޮރީއަކަށެވެ. އެހެން ކަމަށް ވާނަމަ ބިމުގެ ކޮޑި ހޯދާއިރު މިދެންނެވި ވަރަށް އިތުރުކުރުމުން ފުދޭނެއެވެ.





08 ޖުލައި 2022

21 މެއި 2021

23 ފެބުރުއަރީ 2021

21 ފެބުރުއަރީ 2021

11 އޭޕްރީލް 2021

29 ޖޫން 2021

20 މެއި 2021

19 ޖުލައި 2021